ޗެންނާއިއަށް ބޯކޮށް ވާރޭވެހި އެތައްބަޔަކު ހާލުގައިޖެހިފައި

12313676_10153361377156936_6707308282044324991_nދިވެހިން އާއްމުކޮށް ގޮސްއުޅޭ އިންޑިއާގެ ޗެންނާއީއަށް މެދުނުކެނޑި ދެދުވަސްވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައްބަޔަކު ގެދޮރުގެއްލި ހާލުގައިޖެހިއްޖެއެވެ.

ޗެންނާއީ އެއަރޕޯޓަށް ދާންއޮންނަ މަގާއި ރަންވޭގައިވެސް ފެންބޮޑުވުމުގެ ސަބަބުން ފްލައިޓްތައްވެސް ވަނީ މެދުކަނޑާލާފައެވެ. އެކަމުގެ ސަބަބުން އެއަރޕޯޓްގައި އެކަނިވެސް 400އަށްވުރެ ގިނަމީހުން ތާށިވެފައިވެއެވެ. އަދީ ރެއިލްވޭ ދަތުުތައްވެސް މިވަގުތުވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިކަމާގުޅިގެން ޗެންނާއީގައި ދިރިއުޅޭ ދިވެހިންނާއި ޗުއްޓީއަށާ ބޭސްފަރުވާއަށްް ގޮސްތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދުމުހައްމަދު ވިދާޅުވިއެވެ.

ސަފީރު މިއަދު ވިދާޅުވީ ހާލުގައި ޖެހިފައިވާމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް އިންޑިއާ އަސްކަރިއްޔާއިން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށާއި ސަލާމަތީބާރުތަކާ ގުޅިގެން ދިވެހިންވެސް ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ހައިކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އިންޑިއާއަށް ބޯކޮށް ވާރޭ ވެހެމުންދަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުންކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

މިދިޔަމަހުވެސް ޗެންނާއީއަށް މެދުނުކެނޑި އެއްހަފްތާވަންދެން ވާރޭ ވެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވުމުގެ އިތުރުން ދަތުރުފަތުރު ކުރުމަށާއި އާއްމު ދިރިއުޅުންވެސް ހުއްޓުމަަށްއައިސްފައި ވެއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށްއޮތް ތިންދުވަހުވެސް މިސަރަހައްދަށް ވާރޭ ވެހޭނެެއެވެ. (މައުލޫމާތު : ޒީ ނިއުސް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top