މަޖިލީހުން ކުރާ ކަންކަމާ ނުބެހުމަށް ހެލްތު މިނިސްޓްރީއަށް އަންގަވައިފި.

nasheed7451.jpeg

ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމާއި ނުބެހުމަށް ހެލްތު މިނިސްޓްރީ އަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިކަމަށް ގޮވާލެއްވީ ނުފޫޒު ބޭނުންކޮށްގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ފަސް ޑޮކްޓަރަކު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުވެ ހެލްތު މިނިސްޓްރީގެ މަސައްކަތް ފާޑުވިދާޅުވުމާ ގުޅިގެން އެ މިނިސްޓްރީން ނޫސް ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ.

“އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކުރުމަށާއި، އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި މަޖިލީހުގެ މަސައްކަތް ވަކި ގޮތަކަށް ހިންގަންޖެހޭ ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ހިމަނާފައެއް ނުވެއެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި އޮތީ ކުރީގެ މުވައްޒަފުން ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ވާހަކަތަކެކެވެ.

ހެލްތު މިނިސްޓްރީން ބަޔާން ނެރެފައި ވަނީ މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވުމުން އެކަން ކުށްވެރިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top