ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ 70 އިންސައްތަ ނިމިއްޖެ

509430056-1141466974675971-4837403323875348602-n-1536x1152-1.jpg

ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާގެ ޕްރޮފައިލިންގ މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 14,929 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރާނެއެވެ.

އަދި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ހިތާދޫ ބަނދަރަކީ އެރަށުގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ މަސްވެރިކަމުގެ ބޮޑެތި އުޅަނދުތައް ބޭނުންކުރާ ބަނދަރެއެކެވެ. އެހެންކަމުން ބޭރު ތޮށި ހަދާ ނިމި، ބަނދަރު ފުޅާކުރުމުން ބަނދަރުގެ ޚިދުމަތް ހޯދާ އޮޑިދޯނިފަހަރުތަކާއި މަސްވެރި އުޅަނދުތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 19.80 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top