މުދައްރިސުންގެ ހަތަރު އިންސައްތައަކީ ތަމްރީނެއްނެތި މަސައްކަތްކުރާ މުދައްރިސުން

main_20250622_124446.jpg

ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު. ފޮޓޯ: މިނިސްޓްރީ

މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ ހަތަރު އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރާ މުދައްރިސުން ކަމަށް ތައުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިނމްގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ގައުމީ ޕްރޮގުރާމްގެ ތެރެއިން، ޚާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުގުވެރިކުރުމުގެ ވިސްނުން ހުރިކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާ ކިޔަވައިދޭ މުދައްރިސުންނެވެ.

“ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން 74 އިންސައްތައަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ،” ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ގައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާހު ކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ކަމަށެވެ. މިޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަތީ ނަތީޖާ ހޯދާ ދަރިވަރުން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަންޖެހޭ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުން ކަމަށެވެ. އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް މިއަހަރު ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުން ކިޔަވާ އެއް އަހަރުކަމަށް ތައުލީމީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން 600 އަށްވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ މުދައްރިސްކަން ކިޔަވަމުންނެވެ. ނަމަވެސް ތައުލީމީ ދާއިރާއަށް މިވަގުތު 2،400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމަކީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top