އޭޭދަފުށީގައި އަންހެނުންގެ ދުވަސް ފެށީ އަންހެނުންގެ މަސްރޭހަކުން

ިިިި.jpg

މަސްރޭހުން 1ވަނަ ހޯދި ދުވެލި ޓީމް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އެދުވަސް ފަށާފައިވަނީ އަންހެނުންނަށް ޚާއްސަ މަސް ރޭހަކުން ކަމަށް އެކޮމެޓިން ބުނެފި އެވެ.

އަންހެނުންގެ ދުވަހަކީ މާރިޗު އަށްވަނަ ދުވަހެވެ.

މަސްރޭސް ފަށާފައިވަނީ އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގައި އޭދަފުށި ބަނދަރު ސަރަހައްދުންނެވެ.

މި މަސްރޭހުގައި ޖުމްލަ 12 ޓީމް ބައިވެރިވިއެވެ. އެއީ ނުވަ ޑިންގީއާއި ތިން ދޯންޏެވެ. ކޮންމެ ޓީމެއްގައި ގިނަވެގެން ދެ ފިރިހެނުން ބައިވެރި ކުރެވެއެވެ. 

”ބޭނުން ވަނީ މުޅިން އަންހެނުން ބައިވެރިކުރަން. ނަމަވެސް ކައްޕިއާއި ފަަޅުވެރިއަކަށް ބައިވެރިކުރެވޭ ގޮތަށް ގަވާއިދު ހެދީ މަސްވެރި ކަމުގައި އޯވަރޯލް ކޮށް އަންހެނުން އަދި އެހާ ހިސާބަށް ނާދެވޭތީ.“ އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް، ޒީމާ އިބްރާހީމް ވިދާޅުވިއެވެ.

މި މަސްރޭހުން 25.16 ކިލޯ ބާނައިގެން އެއްވަނަ ހޯދީ ”ދުވެލި “ޓީމެވެ. ދެވަނަ ހޯދާފައިވަނީ 21.14 ކިލޯ އާއެކު ޖެންޑާ ޓީމެވެ. ތިންވަނައަކީ 18.72 ކިލޯ ބާނައިގެން ”ޓީމް ފެހި“އެވެ. އެންމެ ބަރުމަސް ބާނާފައިވަނީ ”ހަލުވި ޓީމް“ގެ ނާޒިމާ އަބްދުލް އަޒީޒެވެ. އެމަހުގެ ބަރުމިނަކީ 6 ކިލޯ އެވެ.

މަސްރޭހުން 2ވަނަ ،ޖެންޑާ ޓީމް

މަސްރޭހުން 3ވަނަ ، ފެހި ޓީމް

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށި އަންހެނުން ކޮމެޓީން މިއަދު ހަވީރު ބާއްވަން ނިންމާފައިވަނީ އަންހެނުންގެ ބައިސްކަލް ރޭހެކެވެ. މިއިވެންޓުގައި 13 ކަނބަލުން ބައިވެރިވެފައިވާއިރު ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް އޭދަފުށި ބްރާންޗުގެ ކުރިމަތިން ހަވީރު 5:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top