އޭދަފުށީގައި ދިރިއުޅޭ އެންމެން މާސްކު އެޅުން މަޖްބޫރުތަ؟

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި. އީވީ ފައިލްފޮޓޯ

އޭދަފުށީގައި އުޅޭ އެންމެން މާސްކު އަޅައިގެން އުޅުން މަޖްބޫރު ހެއްޔެވެ؟ މިއީ ގިނަ ބަޔަކު ކުރަމުން ދާ ސުވާލެކެވެ.

މިސުވާލުގެ ޖަވާބު، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވަނީ ދެއްވާފައެވެ. ސާމިޔާ ވިދާޅުވީ އެކްޓިވް ކޭސަސް ނުވަތަ ބަލި ރިޕޯޓުކޮށްފައިވާ ރަށްރަށުގައި މާސްކު އެޅުން ލާޒިމުކުރަން ނިންމާފައިވާ ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ އޭދަފުށީގައި އެކްޓިވް ކޭސް އެއް އެބައޮތް ހެއްޔެވެ؟ ޖަވާބަކީ އާއެކެވެ. އެބައޮތެވެ. ވީއިރު މާސްކު އެޅުން އެ މަޖްބޫރު ވީއެވެ.

ހަމަ އެއާއެކު އުފާވެރި ޚަބަރެއްވެސް އެބައޮތެވެ. މާދަމާއިން ފެށިގެން އޭދަފުށީގައި އެކްޓިވް ކޭސް އެއް ނޯންނާނެ އެެވެ. މިކަން ވަނީ ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު، އީވީއަށް ޔަގީން ކޮށްދެއްވާފައެވެ. އެހެން ކަމަށް ވާނަމަ މާދަމާއިން ފެށިގެން އޭދަފުށީގައި ދިރިއުޅޭ އެންމެން މާސްކް އަޅައިގެން އުޅުން މަޖްބޫރު ވާނެ ބާއެވެ.

އެކަމަކު މިއަދުގެ ބައްދަލު ވުމުގައި ޑރ.ސާމިޔާ ވަނީ ކޮވިޑް އިން ރައްކާތެރި ވުމުގެ ގޮތުން ހުރިހާ ރަށެއްގެ އެންމެންވެސް މާސްކު އަަޅައިގެން އުޅުމަށް އިލްތިމާސް ކުރާއްވާފައެވެ.

“ގިނަ ބަޔަކު މާލެއިން ރަށްރަށަށް ގޮސްފައިވުމުން ރައްކާތެރިކަމެއްގެ ގޮތުން ހުރިހާ އެންމެން ވެސް މާސްކު އަޅައިގެން އުޅުން މުހިންމު.” އޭނާ ވިދާޅުވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top