މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް

Breaking-News-Image-v2-e1574095563266.jpg

މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި ހިނގާ މޭ މަހުގެ 24 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތެއް ކަނޑައެޅުއްވުމަށް މިރޭ އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގަ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ 29، ނުވަތަ 2020 ވަނަ އަހަރުގެ މޭމަހުގެ 22 ވާ ހުކުރު ދުވަހުގެ އިރުއޮއްސޭ އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް 1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރު ވާކަމަށެވެ.

އަދި މިއަދު އިރުއޮއްސުމަށްފަހު ވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާކަމަށާއި، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު މިއަދު ފެނުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން، މާދަމާއަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ކަމަށް ކަނޑައަޅައި، މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top