ކޮވިޑް-19: ރާއްޖޭގެ ބޭސްލައިނަކީ 30 އާއި50 އާ ދެމެދު ކަމަށް ލަފާކުރެވޭ -ޑރ.އަފްޒަލް

DXT2QDxJqzot2FF-1.jpg

ރާއްޖޭގައި މިހާރު ކޮވިޑް -19ގެ ބަލިމަޑުކަމުގައި ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު ހުރީ 30 އާއި 50އާ ދެމެދު ގައި ކަމަށާ ގައުމެއްގައި ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަނަމަ، އެ ގައުމެއްގެ ބޭސްލައިން ނުވަތަ އެންމެ ދަށްކޮށް ހުންނާނެ ރޭޓަަކީ އެއީ ކަމަށް ބެލެވިދާނެ ކަމަށް ޑރ.އިބްރާހީމް ފައިސަލް ވިދާޅުވއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީއެވްރެޖުކޮށް ކޮންމެ ދުވަހަކު 30 އާއި 50 މީހުންނަށް ބަލި ޖެހުމަކީ އަބާދީގެ ނިސްބަތުން ބަލާއިރު މަދު އަދަދެއް ކަމަށާއި، ނަމަވެސް އުންމީދަކީ އެއްވެސް ޕޮޒިޓިވް ކޭހެއް ނުވަތަ ފަސް ކޭހަށް ވުރެ ގިނައިން ނުފެނުން ކަމަށެވެ.

“އެންމެން ވެސް އެދޭނީ ދުވާލަކަށް ފަސް ވަރަކަށް ކޭހަށް ވުރެ އަދަދު މަތި ނުވުން. ނަމަވެސް މިފަދަ ބަލިތަކުގައި އަބަދުވެސް ބޭސް ލައިނެއް އޮންނާނެ . އެގޮތުން މިހާރު ރާއްޖޭގައި ބަލިޖެހޭ މިންވަރުހުރީ ގާތްގަނޑަކަށް 30 އާއި 50އާ ދޭތެރޭގައިކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. އެހެން ބަލިތައްވެސް އުޅެނީ މިފަދަ މިންވަރެއްގައި.”  ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ ހަގީގަތުގައި ގައުމެއްގެ ތެރޭގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ދިޔައީމަ އޭގެފަހުން އެއަށް ކިޔާނީ އެގަމެއްގެ އެންޑިމިކް ބައްޔެއް ކަމަށެވެ. އެހެންވީމަ އެންޑަމިކްގައި ހުންނަ ބައްޔަކީ ހަގީގަތުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިންއެއް ހުންނަ ބަލި ކަމަށް ވާތީ މިބަލީގައިވެސް ނިމިގެންދާއިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭސްލައިންއެއް އުފެދިގެން ދިއުމަކީ ކަށީގެންވާ ކަމެއް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު ދަށްވި ނަމަވެސް، ބަލީގެ ބޭސްލައިނެއް ކަނޑައަޅަން އަދި އަވަސް ކަމަށެވެ.

ރާއްޖެއިން އިއްޔެވެސް 58 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1274 އަށް އަރައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top