ދަރަވަންދޫ އެއާޕޯޓުގެ ފެންވަރު ދަށްވެ އެކަމުގެ ޝަކުވާ ކުރަމުން ދާތީ އެ ތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓެކްނިކަލް އޮޑިޓެއް ހަދަން ނިންމައިފި އެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވަނީ ދަރަވަންދޫ އެއާޕޯޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އަދި އެއާޕޯޓުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.
ދަރަވަންދޫ އެއާޕޯޓު ހިންގަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.