ފިހާރަތަކުން ކުނިބިސް ވިއްކާތީ ސަމާލުވާން އަންގަވައިފި

viber-image.jpg

ރާއްޖޭގެ ބައެއް ފިހާރަތަކުން ކުނިވެފައި ހުންނަ ބިސް ވިއްކާތީ އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގަވައިފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުމާއި ކާތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

“ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއި އެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަށް. އަދި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް. މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސް ކުނި ވުމުގެ ފުރުސަތު އޮންނާނެ. ހަމަ ނުވިކަމުގައި ވިޔަސް ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާނަމަ ބިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ.” އެމްއެފްޑީ އިން ބުނެފައި ވެއެވެ.

އެހެންކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރިހު އެނގޭ ގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އެމްއެފްޑީ އިން އަންގަވައެވެ.

ބިސް ގަންނަ ފަރާތްތަކުންވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީއިން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top