ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އިންޑިއާގެ މާލީ އެހީތެރިކަމަށް އެދެފި

223991_3_272e648f1ca53ab67d24f3de18f45e97ea6e4d36.jpg

ލޯކަލް ކައުންސިލްތަކުން ހަދަންޖެހޭ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދުމަށް އިންޑިއާގެ މާލީ އެހީތެރިކަން ހޯދަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

އެލްޖީއޭ އިން ބުނީ ލޭންޑް ޔޫސް ޕްލޭން ނުނިމި 44 ރަށެއް އޮތް އިރު ޕްލޭން ނިންމާ ހުށަހެޅި ބައެއް ކައުންސިލްތަކުގެ ޕްލޭންގައި ވެސް މައްސަލަތަކެއް އެބަހުރި ކަމުގަ އެވެ.

އެހެންކަމުން ލޭންޑް ޔޫސް ޕްލޭން ހެދުމަށް ފަންނީ މީހުން އެކަށީގެންވާ އަދަދަކަށް ރާއްޖޭގައި ނެތުމުން އިންޑިއާގެ މާލީ އަދި ފަންނީ އެހީ ހޯދަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ. .

މި ސަރުކާރުން އިންޑިއާ އާއިއެކުގައި ހާއްސަ ގުޅުމެއް ބާއްވަމުންދާއިރު ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ފޯރުކޮށްދޭ އެހީ ނުވަތަ ލޯންތަކުގެ އާމްދަނީންނެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން ހުވާކުރާތާ ތިންމަސް ތެރޭގައި ކައުންސިލްތަކުން ލޭންޑް ޔޫޒް ޕްލޭން ހަދައި ހުށަހަޅަންޖެހެއެވެ. ގާނޫނުގައި އެކަން ކުރަން ވަކި ގޮތްތަކެއް ހަމަޖައްސާފައިވާއިރު ކޮވިޑާ ގުޅިގެން އެލްޖީއޭ އިން ވަނީ ޕްލޭން ނިންމަން ތިން މަހުގެ އިތުރަށް ވެސް މުއްދަތު ދީފައެވެ.

އެހެންނަމަވެސް އެލްޖީއޭ އިން ފަހުން ދިން މުއްދަތުގައި ވެސް ގިނަ ކައުންސިލްތަކުން އެކަން ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top