ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ދިވެހި މުދައްރިސުން ހޯދަން ރާއްޖޭގެ ބައެއް ސްކޫލްްތަކުން އިއުލާނު ކޮށްފި އެވެ.
ބިދޭސީ ޓީޗަރުންގެ ބަދަލުގައި މިއަދާ ހަމައަށް ރާއްޖޭގެ 18 ސްކޫލަކުންވަނީ ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފައެވެ.
ބިދޭސީ ޓީޗަރުންގެ ބަދަލުގައި ކުރިމަތިލާ ދިވެހި ޓީޗަރުންގެ އަތުގައި ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް އޮންނަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެެވެ.
މި މަގާމުތަކަށް ހޮވޭ ޓީޗަރުންނަށް 7070 ރުފިޔާއާއި 10640 ރުފިޔާއާއި ދެމެދުގެ އަދަދަކަށް މުސާރައެއް ކަނޑައަޅާފައި ވެއެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާއާއެކު އެހެނިހެން އެލަވެންސްތައް ލިބޭނެކަމަށް އެެ އިއުލާނު ވެއެވެ.
އެ އިއުލާނުގައި ވާގޮތުން މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ،ޑިސެންބަރު 30 ވަނަ ދުވަހާއި 07 ޖެނުއަރީ އާ ދެމެދު އެ މަގާމު އޮތް ސްކޫލެއްގެ އޮފީހުގައެވެ.