މިނިސްޓަރު އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި އަންހެނާ ވަޒީފާއިން ވަކިކޮށްފި

untitledim64789203232-876x522-1-850x522.png

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ފަރާތުން ޖިންސޯ ގޯނާ ލިބުނު ކަމަށް ތުހުމަތުކުރާ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ އަދާކުރަމުން ދިޔައީ ފުލުހުންގެ ސިވިލް މުވައްޒަފެއްގެ ވަޒީފާއެވެ.

އޭނާ ވަޒީފާއިން ވަކިކުރީ ސަބަބެއް އަދި ކަށަވަރު ނުވެއެވެ. އެކަމަކު ދާދި ފަހުން އޭނާ ވަނީ ރައީސް އޮފީސް ކުރިމަތިން އިމްރާނާ ދިމާކޮށް ސައިކަލު މަތީ އިނދެ އިހްތިޖާޖްކޮށްފައެވެ.

އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާ ޚިލާފުވެފައިވާތީ ކަމަށް ބުނެއެވެ. އެ އަކުރުގެ 5 ވަނަ ނަންބަރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.

ޑިސިޕްލިނަރީ ބޯޑުން ނިންމީ އަންހެންމީހާ ވަޒީފާއިން ވަކިކުރުމަށާއި، ގަވާއިދުގައި ބުނެފައިވާ އިސްތިއުނާފު މުއްދަތު ހަމަވަންދެން އަންހެންމީހާ ސަސްޕެންޑުކުރުމަށެވެ.

މިނިސްޓަރ އިމްރާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހާ އެމައްސަލަ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ވެސް އެމައްސަލަ ބަލާފައިނުވާކަމަށް އެއަންހެންމީހާ ބުނެއެވެ.

މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް މީގެ ކުރިން މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top