ބ. ތުޅާދޫގައި ރިސާލަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ތުޅާދޫ ސްކޫލާއި، މަދަދު ޖަމިއްޔާ އަދި އިސްލާމިކް މިިނިސްޓްރީ ގުޅިގެންނެވެ.
މިއީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ތުޅާދޫގައި ރިސާލަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި މުއައްސަސާތަކުގެ ފަރާތްތަކަށް ކަމަށެވެ.
މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ވާއިޒު އައްޝައިޚް ޢާޒިމް ޚާލިދުއެވެ.