ބ. ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން ކައްކަން ތިބި ބަޔަކު އަތުލައިގެންފި

TzbTB08gqAlFprtzPTtQ.jpg

ބ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ކެޔޮދޫ---ފޮޓޯ: ފޭސްބުކް

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި ކައްކަން ތިބި ބަޔަކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، ބ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ވެލާ ފަޅާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހަވީރު 16:38 ހާއިރު ކަމަށެވެ. މި މައްސަލަ އީޕީއޭއަށް ރިޕޯޓުކޮށްފައިވާނެ ކަމަށާއި، މިހާރު ފުލުހުން ވެސް މިކަން ތަހުގީގު ކުރަމުން ދާކަމަށް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އާ ގުޅިގެން ހިންގި މި އޮޕަރޭޝަން ގައި އަތުލައިގަތީ ބ.އަތޮޅު ރަށަކަށް ނިސްބަތްވާ ބައެއްކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގައި 12 ވަރަކަށް މީހުން އުޅުނުކަމަށް ފުލުހުންނާ ހަވާލާދީ ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެއެވެ.

ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނި ގޮތުގައި އެރަށަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތެވެ. މިހުރިހާ ވެލައެއްވެސް އޮތީ މަރާލައި އޭގެ މަސްތަކާ ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅާފައެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރިކަމަށް މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ވެލާ ކަހަނބުގެ ދިރުންްތައް މުޅި ދުނިޔެއިން ވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެތަކެއްޗަށް ގެއްލުން ދިނުމާއި، އެތަކެތީގެ މަސްކެއުމުގެ ބޭނުމުގައި މަރަމުން ދިއުމަަކީ މަނާ ކަމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ވެލާ ކަހަނބު ވަނީ ފުރިހަމައަށް ހިމާޔަތްކޮށްފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top