ބޮޑުޗުއްޓީ ރޯދަ މަހަށް

ބ.އަތޮޅު-ތައުލީމީ-މަރުކަޒު-scaled.jpg

2024/2025 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހު އަންނަ ގޮތަށް ބަދަލު ކޮށްފިއެވެ.

ދިރާސީ ކަލަންޑަރުގައި މިހާރު އޮތްގޮތުން ދިރާސީ އާއަހަރު ފަށާ ތާރީޚަކީ މެއި 26 އެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި އެ އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު އެ އަހަރުގެ މާޗު 9 ގައި ފަށާއިރު ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.

ތައުލީމީ ވުޒާރާއިން މިއަދު ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައި ވާގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

އޮކްޓޫބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ބޮޑު ޗުއްޓީ ނިންމައި 2025 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޭޕްރީލް 6 ގަ އެވެ. ޓީޗަރުން ނުކުންނަން ޖެހޭ ދުވަސް ކަމަށް އޮތީ އޭޕްރީލް 3 އެވެ.

އަންނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ބޮޑު ޗުއްޓީގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ.

ސަރުކާރުން ނިންމާފައިވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top