”ރަން ތާޖު“ ޤުރްއާން މުބާރާތުގައި ބ.އަތޮޅުގެ ދެބައިވެރިން

mus.jpg

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް އޮތް ރޯދަ މަހު ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވާ ”ރަންތާޖު“ ގުރުއާން މުބާރާތުގެ އޮޑިޝަނުން ބ.އަތޮޅުގެ ދެ ބައިވެރިން ހޮވިއްޖެ އެވެ.

އެ ދެ ބައިވެރިންނަކީ ބ.އޭދަފުށީ މުހައްމަދު މުސްތަފާ އާއި ބ.ތުޅާދޫ ރުސްދުމް ދާއޫދެވެ.

މި މުބާރާތުގެ އޮޑިޝަން ނިންމާލައި، މުބާރާތައް ހޮވުނު ބައިވެރިންގެ ނަންތައް އިއުލާނުކޮށްފައިވަނީ މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ 6 ސަރަހައްދެއްގައި ބޭއްވި މި މުބާރާތުގެ އޮޑިޝަން ގައި ޖުމުލަ 111 މީހުން ބައިވެރިވި އެވެ. މި އޮޑިޝަން ބާއްވާފައިވަނީ މާލޭގެ އިތުރުން އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

މި މުބާރާތުން އެއްވަނައަށް އަންނަ ބައިވެރިއަކަށް 300،000ރ. ހުށަހަޅާފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top