ސްމާޓް މީޓަރާއެކު ކަރަންޓު ބިލް ކުޑަކުރެވޭނެ: މުއާޒު

356216_bc46d1eb-d_-1.webp

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު އަހުމަދު ރަޝީދު --ފޮޓޯ/ ރައީސް އޮފީސް

ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވޭ ސްމާޓް މީޓަރާއެކު ކަރަންޓު ބިލް ކުޑަކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ، ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބިލް ބޮޑުވީ ބޭނުން ކުރެވުނު މިންވަރު އިތުރުވުމުގެ ސަަބަބުންނާއި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިއުމުން ކަމަށެވެ.

އެކަން ހައްލު ކުރުމަށް ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާޓް މީޓަރު ތައާރަފް ކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށް ދާކަމަށާއި ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީވެދޭނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިހާރު ސްމާޓް މީޓަރު ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެގެއިން ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. އެއިރަށް އިނގޭނެ އިތުރަށް ކޮންސިއުމް ކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން މަގުފަހިވެގެންދާނެ“ މުއާޒު ވިދާޅުވި އެވެ.

ސްމާޓް މީޓަރު ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top