މާލެދަތުރުކުރާ ބޯޓެއްގައި އަލަށް ތިން އިންޖީނު އަޅައިގެން ދަތުރުތައް ފަށަނީ

ކުޅުދުއްފުށީ ބަހާދަރު ބޯޓް -ފޮޓޯ: ބަހާދަރު ފޭސްބުކްޕޭޖް

ކުޅުދުއްފުށީ ބަހާދަރު ބޯޓް -ފޮޓޯ: ބަހާދަރު ފޭސްބުކްޕޭޖް

މާލެއާ އަތޮޅުތަކާ ދެމެދު ދަތުރުކުރާ އެންމެ އާދައިގެ މީހާއަށްވެސް އަރާމުގައި ޖީބަށްވެސް ލުއިވާގޮތަށް ދަތުރުކުރެވޭނެގޮތަށް ޑިޒައިންކޮށްގެން އެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފެށި ކުޅުދުއްފުށީމިތުރު ކޮމްޕެނީގެ ބަހާދަރުބޯޓްގައި ތިންއިންޖީނު އަޅައިގެން ކުރާ ދަތުރުތައް 28 ނޮވެމްބަރުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ތިން އިންޖީނުއަޅައިގެން ދަތުރުތައް ފެށުމާއެކު މިއީ ރާއްޖޭގެ ތާރީޚުގައި މިގޮތަށް ތިން އިންޖީނުއަޅައިގެން ދަތުރުކުރަން ފެށި ފުރަތަމަ ބޯޓުގެ ގޮތުގައި ބަހާދަރުބޯޓު ލިޔެވިގެން ދިޔައީއެވެ.

މިތުރު ކޮމްޕެނީން މައުލޫމާތު ދޭގޮތުގައި ބޯޓު މަރާމާތުކުރުމާއެކު ކުރިން 829 ހޯސްޕަވަރުގެ އެއްއިންޖީނު އަޅައިގެން ދުއްވި މި ބޯޓުގައިމިހާރުވަނީ 400ހޯސްޕަވަރުގެ ދެއިންޖީނު އަޅާފައެވެ.

ބޯޓަށް ގެނެވުނު މިބަދަލާއެކު ގަޑިއަކު 15 މޭލަށް ބޯޓުގެ ދުވެލި އަވަސްވެފައިވާއިރު ކުޅުދުއްފުއްޓާ މާލެއާ ދެމެދު މިހާރު ނަގާނީ 10 ގަޑިއިރެވެ.

ބޯޓަށްގެނައި އެހެންބަދަލު ތަކުގެ ތެރޭގައި ބޯޓުގެ ހުރިހާ ކެބިންތަކެއް އެއަރކޯން ކުރެވިފައިވުމާއެކު ޓިކެޓްގެ އަގުވެސް ވަނީ 318ރު. އިން 425ރ.އަށް ބޮޑުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top