އިންޑިއާގެ ދެ ބްރޭންޑެއްގެ ހަވާދުން ކެމިކަލް ފެނިގެން ބޭނުން ނުކުރަން އަންގަވައިފި

IMG_4146-1.webp

އިންޑިޔާގެ އުފެއްދުމެއް ކަމުގައިވާ އެވަރެސްޓާއި އެމްޑީއެޗް ބްރޭންޑުގެ ހަވާދުން ކެމިކަލްގެ ބާވަތެއް ކަމަށްވާ “އެތިލިން އޮކްސައިޑް” ހުރިކަން ދެެނެގަނެވިފައިވާތީ އެ ދެ ބާވަތުގެ ހަވާދު ވަގުތީގޮތުން އެތެރެކުރުމާއި، ވިއްކުން މަނާކޮށްފިއެވެ.

މި ދެ ބްރޭޏްގެ ގެ ހަވާދަކީވެސް ރާއްޖޭގައި އާއްމު ކޮށް ކެއުމަށް ބޭނުންކުރާ ދެބާވަތެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ދެ ބާވަތުގެ ހަވާދުން “އެތިލިން އޮކްސައިޑް” ހުރިކަމަށް ސިންގަޕޫރު ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮ ފުޑް ސޭފްޓީން އަންގާފައިވާ ކަމަށެވެ. އަދި އެ ދެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި މި އުފެއްދުންތަކުން ފެނުނު ”އެތިލިން އޮކްސައިޑް”ކެމިކަލަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. އެހެންނަމަވެސް ސިއްހީގޮތުން ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ދެ ބާވަތުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިއީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކުރާ ބާވަތުގެ ހަވާދަކަށް ވުމުން، އެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ އޮތީރިޓީއިން ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top