ކުޑަރިކިލާއި ކިހާދުއާއި ދޮންފަނު ބަނދަރުގެ ސަރވޭ ކުރަން ފަށައިފި

70120836_956263618051463_48154842610270208_o.jpg

ކުޑަރިކިލު --ފޮޓޯ :ސޯޝަލް މީޑިއާ

ކުޑަރިކިލާއި ކިހާދުއާއި ދޮންފަނު ބަނދަރުގެ މަސައްކަތް ފެށުމުގެ ގޮތުން ސާވޭ ކުރަން ފަށައިފިއެވެ.

މިސާވޭ ގައި ކޮންމެ ރަށެއްގެ ބަނދަރުގެ މިހާރުގެ ފުންމިނާއި ބަނދަރުގެ ބޭރުތޮށިލުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ފުންމިނާއި ފަޅުކޮންނަން ޖެހޭ ފުންމިން ބަލާނެއެވެ.

ކުޑަރިކިލުގެ ސާވޭ މިހާރު ނިމިފައިވާއިރު މިހާރު މަސައްކަތް ކުރިއަށްދަނީ ކިހާދޫގައެވެ. ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ، ބަނދަރުގެ ޑިޒައިން ސަރވޭގެ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ނިމޭނެކަމަށެވެ. ކިހާދުއަށް ފަހު މަސައްކަތް ކުރިއަށް ގެންދާނީ ދޮންފަނުގައެވެ.

މި 3 ރަށުގައި ކުރިއަށްގެންދާ ސަރވޭގެ ދަށުން ކޮންމެ ރަށެއްގައިވެސް 3 ބެންޗް މާކް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި ތިން ރަށުގެ ބަނދަރު ހެދުން އެމްޓީ ހޯގާޑް އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާމި މަޝްރޫއުގެ 108.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވަނީ ސަރުކާރާ އޮފިޑާ ގުޅިގެންނެވެ. ސަރުކާރުން ޚަރަދުކުރުމަށް ނިންމާފައިވަނީ 23 އިންސައްތަ އޯޕެކް ފަންޑް ފޮ އިންޓަރނޭޝަނަލް އޯފިޑުން %77އެވެ.

މި ތިންރަށުގެ ބަނަދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ 381 ދުވަހުގެތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top