ސޮނޭވާ ޖާނީ އިން 85 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

http___cdn.cnn_.com_cnnnext_dam_assets_171108220427-2-bedroom-water-retreat-at-soneva-jani-by-antoine-geraldine-0.jpg

ސޮނެވާ ޖާނީ --ފޮޓޯ : ސީއެންއެން

ސޮނެވާ ކުންފުނިން ރާއްޖޭގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓުން 85 ވަޒީފާގެ ފުރުސަތު ހުޅުވާލައިިފި އެވެ.

މި ވަޒީފާތަކަށް ކޮންމެ ގައުމެއްގެ މީހަކަށް ކުރިމަތި ލެވޭ ގޮތަށް އޮތްކަމަށްވިޔަސް ދިވެހިންނަށް އިސްކަން ދޭނެކަމަށް އެކުންފުނިން ބުނެއެވެ.

ސޮނެވާ ޖާނީއަށް މީހުންބޭނުންވެފައިވާ މަމްތަކުގެ ތެރޭގައި 18 ހައުސްކީޕަރާއި 16 ބަޓްލަރާއި 2 ވޯޓާސްޕޯޓްސް، 6 ބޯޓް ކްރޫ، 10 އިންޖިނޭރު، 14 ކިޗަން އެސިސްޓެންޓުގެ އިތުރުންވެސް ގިނަ މަގާމްތަކެއް ހިމެނެއެވެ.

ސޮނެވާ ކުންފުނީގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ މިއަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވެސް އުނދަގޫ އަހަރެއް ކަމަށާއި މިފަދަ އަހަރެއްގައި 100 ވަރަކަށް ވަޒީފާ އަށް މީހުން ހޯދަން ހުޅުވާލުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ހީނަރުކަން އައިސްފައިވާއިރު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ފަތުރުވެރިކަން މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 41،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top