މުޅި ރާއްޖެއަށް ވައިޓް އެލާޓް!

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

މުޅިރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ހަވީރު މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރުވެސް ވަރަށް މޫސުން ގޯހެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ކަނޑުވެސް ގަދަ ކަން ފާހަގަކުރެވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މިރޭ މެންދަމާއި ހަމައަށް މާލެއިން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެއެވެ.

މާދަމާ ހެނދުނު 06:00 އަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާ ކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ އެންމެން ވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top