ޑެންގޫ ޖެހިގެން ރ.އަތޮޅުން ޒުވާނަކު މަރުވެއްޖެ

ungoofaaru-regional-hospital-ooafsqdzd66j77v6onnlc4r6o11emiurcltdjldo4w.jpg

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ: ދުވަސް އޮންލައިން

ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ޑެންގޫ ހުމުގެ ރޯގާ ޖެހިގެން މިއަދު އަވައްޓެރި ރ.އަތޮޅުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

ރ އަތޮޅު ދުވާފަރަށް ނިސްބަތްވާ އަތޫފު އަހުމަދު މަރުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެވެ.

ރ. އަތޮޅަކީ ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ އަތޮޅެއް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވެ އެވެ. އެޗްޕީއޭއިން ދަނީ މިދިޔަ ދެ މަސް ދުވަހު ރާއްޖޭގައި ޑެންގީ ފެތުރޭތީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުންނެވެ.

ޑެންގީ ހުން ޖެހިގެން މީގެ ހަފްތާއެއް ކުރިން 19 އަހަރުގެ ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ. އަދި އޭގެ އެއްދުވަސް ކުރިން އެ ބަލީގައި ކުޑަކުއްޖަކު ނިޔާވި އެވެ.

މި ޒުވާނާގެ އިތުރުން އުމުރުން ނުވަ އަހަރުގެ ލ ފޮނަދޫ އަންހެން ކުއްޖަކު ވެސް މިއަދު ވަނީ ޑެންގޫ ހުން ޖެހިގެން މަރުވެފައެވެ.

ޑެންގޫ ޖެހި ހާލު ސީރިއަސް ވުމުން ގަން ރީޖަނަލް ހޮސްޕިޓަލުން މާލެ ފޮނުވާލުމުން އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ކުއްޖާ މަރުވީ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލާފައި އޮއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top