މާޅޮހުގައިވެސް ފެންބޮޑުވެ ސިފައިން ހަރަކާތްތެރި ވަނީ

viber_image_2020-11-18_11-51-58-1.jpg

ބ.މާޅޮހު މަގެއްގައި ފެން ބޮޑުވެފައި--ފޮޓޯ :އެމްއެންޑީއެފް

ބ. މާޅޮހަށްވެސް ބޯކޮށް ވާރޭވެހި މަގުތަކާއި ބައެއް ގޭގއަށް ފެން ވަނުމާއި ގުޅިގެން  ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:56 ހާއިރު ކަމަށާއި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ގެ ނޮދަން އޭރިޔާ ގެ ސިފައިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ދެ މޫސުން ބެދޭ މިދުވަސްވަރު ކުރަމުން ދާ މި ވިއްސާރައިގާ އޭދަފުށީގައިވެސް ވަނީ ފެންބޮޑުވެ ރަށު ކައުންސިލާއިއޭދަފުށ ޕޮލިސް އަދި އަތޮޅު ކައުންސިލްގެ ފަރާތުން ނުކުމެ މަގުތަކުން ފެން ހިއްކާފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާއިރު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލަރޓް ނެރެފަ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top