މާބަނޑު މީހުނަށް ވެކްސިން ޖެހުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައިފި

nDvApiI5n7wk0iSqS8xz.jpg

ފޮޓޯ--ރާއްޖެ.އެމްވީ

މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގައި އަމަލުކުރާނެ ގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކަނޑައަޅައިފި އެވެ.

އެ އިދާރާ އިން ބުނީ އިން ބުނީ މާބަނޑު މީހުންނަށް ކޯވިޑް ވެކްސިން ދިނުމަށް ބޭނުން ކުރާނީ ދެ ވެކްސިނެއް ކަމަށެވެ. އެކަމަކު، މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ޖެހޭނީ ފައިޒާ ވެކްސިން އެވެ.

ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަހުން ބަލިވެ އިން ނަމަ، އެ މީހުންނަށް ދެ ވަނަ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ.

އެކަމަކު، މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖެހި މީހުންނަށް އޮތް ހަމައެކަނި އިހުތިޔާރަކީ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުއްޓާ މާބަނޑުވެއްޖެ ނަމަ، އެމީހުންނަށް ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ފައިޒާ ވެކްސިން އެކަނި ކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނާއި މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށް އެކަންޏެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނާއި މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށެވެ.

ރާއްޖެއިން މިހާތަނަށް 386،253 މީހަކު ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ވެކްސިން ފުރިހަމަކުރީ 303،965 މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top