ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމައިފި

large_163099811141o2vX-2.jpeg

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑު -- ފޮޓޯ/އާރްޑީސީ

ބ. ދަރަވަންދޫގައި ތަރައްގީކުރާ ފުޓްބޯޅަ ދަނޑުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައިފިއެވެ.

ދަރަވަންދޫ ފުޓުބޯޅަ ދަނޑުގެ ބިބް އެއްވަރު ކުރުމުގެ މަސައްކަތް ކުރަން ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އިންނެވެ. އެ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިމަސައްކަތުގެ ތެރެއިން ދަނޑުގެ ސަބްބޭސްގެ މަސައްކަތް ވެސް މިހާރުވަނީ 60 ޕަސެންޓު ނިމިފައެވެ.

އަދި މިހާރު ކުރިއަށްދަނީ ދަނޑުގެ ސައިޑް ވޯކްގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޔޫތު މިނިސްޓްރީން މި އަހަރުގެ މާޗު މަހު ވަނީ ދަރަވަންދޫގެ އިތުރުން ބ. އަތޮޅުގެ އިތުރު ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތްވެސް އާރްޑީސީއާ ހަވާލުކޮށްފައެވެ.

ދަރަވަންދޫ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއަކީ 2.2 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top