މިސްކިތްތަކުގެ އިމާމުން އަޑުހަރުކޮށް ބިސްމި ނުކިޔާތީ ރައީސް މައުމޫންގެ ކަންބޮޑުވުން!

maumoon-e1605596242760.jpg

ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ،އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔާމް

ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔާތީ ކުރީގެ ރައީސް އަދި ދީނީ އިލްމު ވެރިޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ ގިނަ އިމާމުން ބިސްމި ނުކިޔާތީ ކަންބޮޑުވުން ފާޅުކޮށް، އިސްލާމިކް އެފެއާޒްއަށް ރައްދުވާ ގޮތަށް ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ގިނަ ފިގުހު އިލްމުވެރިންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި ބިސްމި ކިޔުންކަމަށެވެ.

އެހެންކަމަށްވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަންވީ ކޮން ސަބަބަކާއި ހެދިތޯ ރައީސް މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.

“އިމާމް ނަބަވީ ވިދާޅުވެފައިވަނީ ސަހާބީންނާއި ތާބިއީންނާއި އޭގެ ފަހުގެ ގިނަ ފިގުހު އިލްމުވެރީންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުންކަމުގައި. އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަނީ ކީއްވެބާ؟” މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އަޑުހަރުކޮށް ބިސްމި ކިޔުމާ ގުޅޭގޮތުން 2018 ވަނަ އަހަރު ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޑު ހަރުކޮށް ކީރިތި ގުރުއާން ކިޔަވާ ނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވާ އިމާމުން އެ ނަމާދުތަކުގައި ގުރުއާން ކިޔަވާ ވިދާޅުވުމުގައި އެންމެ ރަނގަޅީ ފާތިހާ ސޫރަތް ނުވަތަ “އަލްހަމްދު” ކިޔަވަން ފެށުމުގެ ކުރިޔަށް އަޑު ހަރުކޮށް ބިސްމި ކިޔަވާ ވިދާޅުވުން ކަމަށެވެ.

އެ މަޖިލީހުން ބުނީ އެކަން ސާފުކޮށް އޮތުމުން ރާއްޖޭގެ ރައްޔިތުން ކުރިއްސުރެ އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބުގައިވާ ގޮތަށް ކަމަށްވާތީ ރައްޔިތުންގެ ވަހުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އިމާމުވެ ނަމާދު ކުރައްވާ އިމާމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތަކީ ބާރަށް ބިސްމި ކިއުން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top