ގައުމުގެ ތަރައްގީއަށް ބިދޭސީންގެ ބަދަލުގައި ދިވެހިން ނުކުތުމަށް ގޮވާލައްވައިފި

big_6CI3nZDaHkaDIohrPn0GFwHRg.jpg

ދިވެހިގައުމުގެ ތަރައްގީއަށް ބިދޭސީންގެ ބަދަލުގައި ދިވެހިން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ގޮވާލައްވަނީ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް ދިވެހި ޒުވާނުން ނުކުމެގެން ކަމަށެވެ. އަދި ގައުމެއް ތަރައްގީ ކުރެވޭނީ، އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމަށްވެސް މިއަދުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި ކޮވިޑް-19ގެ ހާލަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ނިކަމެތިކަން ލިބުނު ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިދީފައި ވާނެ ކަމަށެވެ.

މީގެ އިތުރުންވެސް މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ހައްލުކޮށް، އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް، ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ޚިތާބުގައި މަސަައްކަތްތެރިން ގައުމުގެ ތަރައްގީއަށް އަދާކުރައްވާ ދައުރާ ބެހޭގޮތުން އިތުރަށް ވިދާޅުވީ އެއީ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top