އެސްޓީއޯ ، އޭދަފުށި ފިހާރައިން ބިސް، އަލުވި، ފިޔާގެ އަގު ބ. އަތޮޅުގައި ވައްޓާލައިފި.

20190512_1316020-1-1.jpg

އެސްޓީއޯ ، އޭދަފުށި ފިހާރައަށް އަލަށް ގެނައި ބިސް ގަތުމަށް މީހަކު މަޑުކޮށްލައިގެން --އީވީ ފޮޓޯ

ރޯދަމަސް ފެށުމާއެކު އަގު މައްޗަށް އަރަމުން އައި ކުކުޅުބިހާއި، ފިޔާ އަދި އަލުވީގެ އަގު އެސްޓީއޯ އޭދަފުށި ފިހާރައިން ބ. އަތޮޅުގައި ވައްޓާލައިފިއެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިން މި ތިން ބާވަތުގެ އަގު ވައްޓާލީ ރޭ އެ ފިހާރައަށް ގެނައި ކުކުޅުބިހުގެ ޝިޕްމަންޓާ އެކުއެވެ.

ރޯދަމަސް ފެށުނުއިރު އަމިއްލަ ވިޔަފާރިވެރިން ކޮންޓްރޯލް ކުރަމުން އައި ބިސް ކޭހެއްގެ އަގު އިއްޔެ އޭދަފުށީގެ ބާޒާރުގައިހުރީ ހަތަރުސަތޭކަ ރުފިޔާއިން މަތީގައެވެ. ވަކިން ބިހެއް ވިއްކަމުންއައީ ދެރުފިޔާއާއި، ދެރުފިޔާ ބައިގެ އަގުތަކަށެވެ. ނަމަވެސް އެސްޓީއޯއިން ރޭގެނައި ޝިޕްމަންޓުން މިއަދުން ފެށިގެން އޭދަފުށީ އެސްޓީއޯ ފިހާރައިން ބިސްކޭހެއް ވިއްކަމުން އަންނަނީ 270ރ އަށެވެ. ވަކިބިހެއް 1.50ރ އަށެވެ.

ފިޔާ އަދި އަލުވީގެ އަގުތައްވެސް ރޯދަމަސް ފެށިގެން މިހާތަނަށް އައިއިރު އޭދަފުށީގައި ކިލޯއެއްގެ އަގު 10ރ އަށްވުރެ ދަށަކަށް ނުދެއެވެ. ނަމަވެސް އެސްޓީއޯއިން މިއަދު އަލުވި ކިލޯއެއް ލިބެންހުރީ 8.50ރ އަށެެވެ. ފިޔާ ކިލޯއެއް 7ރ އަށެވެ. އަލުވި ބަސްތާއެއް 180ރ އަށް ހުރިއިރު ފިޔާ ބަސްތާއެއް ހުރީ 140ރ އަށެވެ.

އޭދަފުށީ އެސްޓީއޯ ފިހާރައިގެ އިސް އޮފިޝަލަކު އީވިއަށް ވިދާޅުވީ އަތޮޅު ރައްޔިތުންނަށް ފުދޭވަރަށް ބިހާއި އަލުވި އަދި ފިޔާ ގެނެވިފައިވާކަމަށެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގު ދަށަށް ދިޔައިރު ރޯދައާއެކު އަގު ބޮޑުވަމުންދިޔަ ކަރާގެ އަގުވެސް ބ. އަތޮޅުގައި ދަނީ ދަށަށެވެ. ވިޔަފާރިވެރިން ބުނަނީ މޭވާއާ، ތަރުކާރީގެ އަގުތައްވެސް ބ. އަތޮޅުގައި ކޮންޓްރޯލް ކުރެވިފައިވާކަމަށާ، މޫސުން ގޯސްނުވެ އޮވެއްޖެނަމަ، އަގުތައް އަދިވެސް ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top