ބައިގަރުނު ފާހަގަކުރުމަށް ކެންދޫ ގުރުއާން ކްލާހަކުން 50 ހަތިމު ކޮށްފި

149139_3_3190846c1ea120c798a080da47048b6c26d3a036_medium.jpg

ތޮލަބަތުއްނޫރަށް 50 އަހަރުފުރުން ފާހަގަކުރުމަށް އެރަށް ޒީނަތްތެރިކޮށްފައި. މިކްލާސް އިންޓިޓިއުޓަކަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން / ފޮޓޯ: މިހާރު ޑޮޓް ކޮމް

ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ގުރުއާން ކުލާސް، ބ. ކެންދޫ، ތޮލަބަތުއްނޫރުން އެކަން ފާހަގަ ކުރުމަށް، އެ ތަނުގެ 50 ދަރިވަރަކު، 50 ހަތިމު މިއަދު ކޮށްފިއެވެ.

މިއަދު ފަތިހު ފަތިސްނަމާދަށްފަހު ހަތިމު ކުރުމުގެ ހަރަކާތް ނިންމުމުގައި ބައިވެރިވީ އެކްލާހުން ކުރިން ކިޔަވާފައިވާ ދަތިވަރުން އަދި މިހާރު ދުވަސްވެފައިވާ މީހުންކަމަށް އެގުރުއާން ކްލާހުން ބުންޏެވެ.

ބ. ކެންދޫ އެއްގަމުގޭ އަލީ ހުސައިން އިސްވެ ހުންނަވައިގެން 1967 ވަނަ އަހަރު ހުޅުވި މިކްލާހުން 600 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ގްރުއާން އުނގެނިފައިވާކަމަށްވެއެވެ.

“މިހާރު” ނޫހަށް މައުލޫމާތުދެއްވަމުން އަލީ ހުސައިންގެ ދަރި އަދި ގްރުއާން ކްލާސް ހިނގުމުގައި އިސްދައުރެއް އަދާކުރައްވާ މުއީނާ އަލީ ވިދާޅުވީ މިހާރު އެތަނުގައި އަންނަނީ ހަ ގުރުއާން ޓީޗަރުންނާ އެކު ތަޖުވީދު މަގަށް، ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދެމުންކަމަށެވެ.

“ބައްޕަ އެންމެ ފުރަތަމަ ކިޔަވައިދިން ދަރިވަރުންނަށް މިހާރު 65 އަހަރު ވެސް ފުރިއްޖެ. އެ މީހުންނަށް ކާފަ/މާމަ ކިޔާ ކުދިންނަށް މިހާރު އެ ކިޔަވައިދެމުން އަންނަނީ،” މުއީނާ ވިދާޅުވި އެވެ.

މުއީނާ ވިދާޅުވީ ތޮލަބަތުއްނޫރަށް 50 އަހަރު ފުރުނުއިރު ގާރީކޯސް ހިންގައި 43 ބައިވެރިން ދަސްވެނިވެފައިވާ ކަމަށާ، ގްރުއާން ކްލާސް އިންސްޓިޓިއުޓަކަށް ބަދަލުކުރުމަށް މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކެންދޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top