ލޭމައްޗަށް ދިއުން ،ހުއްޓުވިދާނެ

lime-water.jpg

ލޭ މައްޗަށް ދިއުމަކީ ގިނަ ބަޔަކަށް ވަރަށް އާއްމުކޮށް ކުރިމަތިވެފައިވާ ބޮޑު ސިއްހީ މައްސަލައެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވުމާއެކު އެވެ. އެންމެ ބޮޑަށް މައްސަލަ ދިމާވަނީ ދިރިއުޅުުމުގައި އަދި ކެއިން ބުއިމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުންނެވެ.

ލޭ މައްޗަށް ދާކަމަށް ބެލެވެނީ ލޭގެ ޕްރެޝަރ 140-90 އާ ހަމައިން ނުވަތަ އެއަށްވުރެ މަތިވެއްޖެ ނަމައެވެ.

މައްސަލަ މެދުވެރިވުމާއެކު މިކަމަށް ފަރުވާ ހޯދުން ލަސްކުރާނަމަ އިތުރު ބަލިތަކަކަށް މަގު ފަހިވެގެން ދެއެވެ. ވީމާ އަމިއްލަ ސިއްހަތާއި ހަށިގަނޑުގެ ސަލާމަތަށްޓަކާ ވަގުތުން ފަރުވާ ހޯދަން ފަށަން ޖެހެއެވެ. އެހެންނޫނީ ހަކުރުބައްޔާއި ހިތުގެ މައްސަލަތަކާއި ސްޓްރޯކް އާއި ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ބަލި ތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ލޭ މައްޗަށް ދާން ފެށުމުން އެކަން ކޮންޓްރޯލް ކުރުމަށް ޑޮކްޓަރ ލިޔެދެއްވާނީ ބޭހެވެ. ގަވާއިދުން ބޭސް ބޭނުން ކުރަންވެސް ޖެހެއެވެ. ވިސްނަން ޖެހެނީ އެކަމުން ޕްރެޝަރ ހަމައަކަށް އެޅުނު ނަމަވެސް ބޭހުގައި ހުންނަ ސައިޑްއިފެކްޓްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ތަކެއް ލިބިގެންދާނެ ކަމެވެ. އެހެންވީމާ ބަލަން ޖެހޭނީ އެންމެ ރައްކާތެރި ގޮތުގައި ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭތޯއެވެ.

މި ޒަމާނުގެ ޑޮކްޓަރުންވެސް ގަބޫލު ކުރާގޮތުގައި ހަކީމީ ބޭސް ނުވަތަ ގޭގައި އަމިއްލައަށް ތައްޔާރު ކޮށްލައިގެން ހަދާ ބޭސް މީރު ޖޫހެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ އެވެ. މިފަދަ ބޭސް ގަވާއިދުން ބޭނުން ކުރާނަމަ ބަލި ކޮންޓްރޯލް ކުރެވެއެވެ.

ލޭގެ ޕްރެޝަރ ހަމައަކަށް އެޅުވުމަށް ވެސް ގޭގައި ތައްތާރު ކުރެވިދާނެ  ބޭސް އެބަހުއްޓެވެ. ބޮޑު ޚަރަދެއް ކުރުމަކާ ނުލައި ތައްޔާރު ކުރެވޭ މިފަދަ ބޭހުގެ މޮޅުކަމަކީ ހަށގަނޑަށް އެއްވެސް ގެއްލުމެއް ނުވާ ކަމެވެ. މި ގޮތުން ބަލާއިރު ލުބޯފެނަކީ ބޭނުންކުރެވިދާނެ ފަރުވާ އެކެވެ. އެއް ތަށި ފެނަށް ލުނބޮއެއް ފެލާލައިގެން  ކޮންމެ ދުވަހަކު ހެނދުނު ގެ ނާސްތާގެ ކުރިން ބޯށެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރ ހަމައަކަށް އެޅި ހަށިގަނޑުގެ ދިފާއީ ނަޒާމަށްވެސް ރަނގަޅު އަސަރު ތަކެއް ކުރާނެއެވެ.

ލޮނުމެދަކީވެސް މީގެ ފަރުވާ އެކެވެ. ގަދީމީޒަމާނުން ފެށިގެންވެސް ލޮނުމެދަކީ ލޭގެ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ބޭނުންކުރުމަކީ ލޭ ކޮންޓްރޯލް ކުރުމަށް އެހީވެދިނުމާއެކު ސަރުބީ ވިރުވުމާ ލޭގައި ހުންނަ ކޮލޮސްޓްރޯލް މިންވަރު ދަށްކުރުމަށް ވެސް މޮޅު ފަރުވާ އެކެވެ. ތަޖްރިބާ ކާރުން ވިދާޅުވާ ގޮތުގައި ތިން ހަތަރު ލޮނުމެދު ކޮށާލާފައި 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެޕަލް ސިޑަރ ވިނިގާ އާއި ފެނާ އެއްކޮށް އޭގެތެރެއަށް 8/1 މޭޒުމަތީ ސަމުސަލުގެ ބޭކިންގސޮޑާ އެއް ކުރުމަށް ފަހު ބޭނުންކުރުމަކީވެސް ރަނގަޅު ފަރުވާ އެކެވެ. އެޕަލްސިޑަރވިނިގާ އަކީ ޕޮޓޭސިއަމް އާއި ކެލްސިއަމް އަދި މެގްނޭޒިއަމްއިން މުއްސަނދިވެފައިވާ އެއްޗަކަށް ވާތީ މިއީ ލޭ ހިންގުމުގެ ނިޒާމަށާއި އާޓެރީޒްގެ ދުޅަހެޔޮކަމަށް ވަރަށް ބޭނުންތެރި މާއްދާ ތަކެކެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު މި ބުއިން ބޭނުންކުރާނަމަ އިސާހިތަކު ލޭގެ ޕްރެޝަރ ދަށްވެގެން ހިނގައިދާނެއެވެ. (މައުލޫމާތު :ހެލްތް ޑައިޖެސްޓް)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top