”ލަވް ނޭޗަރ” ޗެނަލް އާއެކު ދިރާގު ޓީވީ އިން ފޯކޭ ޗެނަލްތަކަށް

media-B11TREs0SJxtCkP_lg.jpg

ދިރާގުން 4ކޭ ޗަނަލް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން

ގުދުރަތީ ރީތި ހިތްގައިމު މަންޒަރުތައް 4ކޭ ކޮލިޓީގައި ގެނެސްދޭ 4ކޭ ޓީވީޗެނަލެއް ދިރާގު ޓީވީން މިއަދު ތަޢާރަފްކޮށްފި އެވެ.

ދިރާގުން މިއަދު ތަޢާރަފްކުރި 4ކޭ ޗެނަލްއަކީ ޑޮކިއުމަންޓަރީ ޗެނަލް އެއް ކަމަށްވާ “ލަވް ނޭޗާ” ޗެނަލްއެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ.

4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީއިން 4ކޭ ޗެނަލެއް ތަޢާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅެއް ކަމަށާ މީގެ އިތުރުންވެސް ދިރާގު ޓީވީގެ ޚިދުމަތް އިތުރަށް ތަރައްގީ ކޮށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމުގައއެވެ.

“ލަވް ނޭޗާ” ޗެނަލް ތަޢާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށެވެ. މިޗެނަލް ފުރަތަމަ ލިބިވަޑައިގަންނަވާނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top