ކަމަދޫ ކައުންސިލްފުޓްސަލް ޓޯނަމަންޓް2015 : ޗެމްޕިއަން ޓީމަކީ ދިފްރެންޑްސް

image-V.jpg

7ޑިސެމްބަރ .ކަމަދޫ ކައުންސިލް ފުޓްބޯލް ޓޯނަމަންޓް2015 ގެ ޗެމްޕިއަން ޓީމް ދި ފްރެންޑްސް. ފޮޓޯ: ކަމަދޫ ކައުންސިލް

ކަމަދޫ ކައުންސިލްގެ ފަރާތުން ބޮޑުޗުއްޓީއާ ދިމާކޮށްބޭއްވި ކަމަދޫ ކައުންސިލް ފުޓްސަލް ޓޯނަމަންޓް2015ގެ ޗެމްޕިއަންކަން ދިފްރެންޑްސް ހޯދައިފިއެވެ. ފައިނަލުގައި އެފްސީ ރިއަލްއާ ވާދަކޮށްގެން ދި ފްރެންޑްސް މޮޅުވެފައިވަނީ 2-2ން ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 ންނެވެ.
މިމުބާރާތުގެ އެކި ވަނަތަކަށް އައި ކުޅުންތެރިންގެ ނަންތައްވެސް އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ދި ފްރެންޑްސް ގެ އަހްމަދު ޝިފާން އާއި ހުސެންއާދިމްއާއި އިބްރާހީމްނާޖިހްގެ އިތުރުން އެފްސީ ރިއަލްގެ މުހައްމަދު ނާޒިމާއި އަބްދުﷲ އަޒީމެވެ.

މިމުބާރާތުގެ ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދި ފްރެންޑްސްގެ އަހްމަދު ޝިފާނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިއަކަށް ހޮވިފައިވަނީ އެފްސީ ރިއަލްގެ އަބްދުﷲ އަޒީމެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގްސްޓްރައިކާސްގެ އަހްމަދު ފިރާޝްއެވެ.

މި މުބާރާތަށް ކަމަދޫ ކައުންސިލުގެ ފަރާތުން ޗެމްޕިއަން ޓީމަށް 5000ރ. އަދި ރަނަރއަޕްޓީމަށް 2000ރ. ކަނޑައަޅާފައިވެއެވެ.

ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމާއި އިޖްތިމާއީރޫހާއި ކުޅިވަރުގެ ރޫހު އާލާކޮށް ، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މުބާރާތް ބާއްވަމުން އަންނަތާ މިއީ ތިންވަނަ އަހަރެވެ.

5 ޓީމު ބައިވެރިވެފައިވެފައިވާ މި ފަހަރުގެ މުބާރާތާ ބެހޭ ގޮތުން ކައުންސިލުގެ ރައީސް އަލީ އިސްމާއީލްް ވިދާޅުވަނީ މިއީ ވަރަށް ކާމިޔާބު މުބާރާތެއްކަމާއި މުބާރާތް ބޭއްވުމުގެ މަގްސަދު ހާސިލްވަމުން އަންނަ ކަމުގައެވެ.  އަދި މި މުބާރާތަށް އާއްމުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ބޮޑުކަން ފާހަގަ ކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކައުންސިލުގެ ރައީސްގެ އުންމީދުކުރައްވަނީ އަންނަ އަހަރު ބާއްވާ މުބާރާތަށް މިއަށް ވުރެވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށާއި މުބާރާތުގެ ފެންވަރު ރަނގަޅުކޮށް އިނާމު ވެސް ބޮޑުކުރެއްވުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top