ސިވިލް ސާވަންޓުންނަކީ އަޅުންނޫންކަމަށް ވިދާޅުވެ އެމްޕީ އަލީގެ ރައްދު ސައްލޭއަށް !

7da10695-1421-4744-b86d-0a5b1b7e7927.jpeg

ސިވިލް ސާވިސް މުވައްޒަފުންނަކީ އަޅުން ނޫންކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އަށް ރައްދު ދެއްވައިފިއެވެ.

ސައްލެއަށް އަލީ ހުސެއިން ރައްދު ދެއްވާފައި މިވަނީ ސިވިލް ސާވިސްގެ މުވައްޒަފަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާއި ހަމައަށް އަނގައިން ނުބުނެވޭނެ މީހެއް ކަމަށް އިއްޔެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ސަލީމްގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒު ވެފައިވަނިކޮށް މިހާރު ވަނީ އޭނާގެ އެވާހަކަތަކަށް މާފަށް އެދިފައެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިވިލް ސަވިސް މުވައްޒަފުންނަކީ މޫނެއް ނަމެއް ނެތް އަޅުންނެއް ނޫން ކަމަށާއި ގާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމީހުންގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކިމިންގަނޑުތަކަކަށް ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް އޭނާއަށް ނުވެސް ލިޔެވޭނެ ކަމަށާއި އޭނާއަށް ބޭނުންވާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ.

“އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ.” ސަލީމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top