ޖަމިއްޔާތައް ބެލެހެއްޓުން ޔޫތު މިނިސްޓްރީއަށް

1_pHxdb7t2wBq5iF-Wvvakyw.jpeg

ޔޫތު މިނިސްޓަރ ،އަހުމަދު މަހުލޫފް

ރާއްޖޭގައި ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ޔޫތު މިނިސްޓްރީ އަށް ބަދަލުކޮށްފިއެވެ.

ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅުންހުރި ކަންކަމާ އެފަދަ ތަންތަން ރެގިއުލޭޓުކުރުމުގެ މަސައްކަތްތައްވެސް މިހާތަނާ ހަމައަށް ކުރަމުން އައީ ހޯމްމިނިސްޓްރީ އިންނެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅޭ އެންމެހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންގެ މަސައްކަތްތަކާ ގުޅޭ ކަންކަން މިދިޔަ ބުދަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ވީމާ މިއަދުން ފެށިގެން އެ މަސައްކަތް ކުރަމުންދާނީ ޔޫތު މިނިސްޓްރީން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top