ސާނަވީ އިމްތިހާނު ފަށައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

2020 ވަނަ އަހަރުގެ ސާނަވީ އިމްތިހާނު މިއަދު ފަށައިފި އެވެ.

މި އިމްތިހާނު މިއަހަރަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ 235 ސެންޓަރެއްގައި 5955 ދަރިވަރުންސާނަވީ އިމްތިހާނު ހަދާނެ ކަމަށެވެ.

މި އިމްތިހާނު މިއަދު ފަށާއިރު މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގައި ކޮވިޑްގެ ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެމުން ދާ ދުވަސް ވަރަކަށް ވާތީ ކޮވިޑަށް ޕޮޒިޓިވް ވެފައިތިބި ދަރިވަރުން އެހެން ކުދިންނާ އެކަހެރިކޮށް ތިބެގެން އިމްތިހާނު ހެދޭނެ އުސޫލު އެޗްޕީއޭ އާއި ގުޅިގެން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭނެ ފަދަ ހާލަތެއްގައި ތިބި ދަރިވަރުންނަށްވެސް އިމްތިހާނު ފޯރު ކޮށްދިނުމުގެ މަސައްކަތް އެޗްޕީއޭ އާއި ރަށްރަށުގެ ސިއްހީ އިދާރާތަކުންނާއި ޓާސްކްފޯސްތަކާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސާނަވީ އިމްތިހާނު މިއަދު ފެށިއިރު މަތީސާނަވީ އިމްތިހާނު ވެސް ފެށިގެން ކުރިއަށް އެބަދެ އެވެ. އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވެފައިވާ މައްސަލަ ބޮޑުވެފައިވާ އިރު މިނިސްޓްރީ އިން ބުނަނީ އެޑެކްސެލް އިން ވަކިއެއްޗެއް އަންގަންދެން އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top