ހޫނުމޫސުމާއެކު އޭދަފުށީގައި އެއަރކޮންޑިޝަންގެ ޑިމާންޑް މައްޗަށް.

12074809_10153102915516791_4291978942391334271_n1.jpg

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ގެ ހިޓާޗީ ޑިސްޕްލޭ

ހޫނުމޫސުމާއެކު މިދުވަސްވަރު އޭދަފުށީގައި އެއަރކޮންޑިޝަން ވިކޭ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އޭދަފުށީގައި ހުންނަ އެސްޓީއޯ ފިހާރައިން ބުނެފިއެވެ.

އެފިހާރައިގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުލް ހަމީދު ވިދާޅުވިގޮތުގައި މިދުވަސްވަރު އެފިހާރައިން ވިއްކަމުން ގެންދާ ހިޓާޗީ އެއަރކޯންގެ ބާރު ބޮޑުވެފައި ވިކުންވެސް އިތުރުވެފައިވާ ކަމުގައެވެ.

” އެންމެ ފަހުން އިއްޔެވެސް 10 ޔުނިޓް އަޅުގަނޑުމެން ވާނީ ވިއްކާފައި. އެވަރެޖްކޮށް ބުނާނަމަ ދުވާލަކު ހަތަރެއް ނުވަތަ ފަސްޔުނިޓް ވިކޭ. ” އީވީ އާ މައުލޫމާތު ހިއްސާކުރަމުން އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދުވަސްވަރު ޚާއްސަކޮށް އެއަރކޯން ބޭނުންކުރާ މީހުން އިތުރުވެފައިވަނީ ހޫނުން ސަލާމަތް ވުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ. އެހެންކަމުން އާއްމުންނަށް ދަތި ނުވެ ގަންނަން ލިބޭވަރަށް ސްޓޮކްގައި އެބަހުރި މިހާރުވެސް އެބަހުރިކަމުގައެވެ. ހަމީދު ވިދާޅުވިގޮތުގައި އެންމެ ގިނައިން ވިކެނީ 12000 ބީޓީޔޫގެ ޔުނިޓެވެ.

އިއްޔެވެސް އެފިހާރައަށް އެއަރކޯންގެ އާ ސްޓޮކެއް އެތެރެކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ފިހާރައިން 12000 ބީޓީޔޫގެ އެއަރކޮންޑިޝަން ޔުނިޓެއް ވިއްކަމުން ގެންދަނީ 10354 ރު.އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top