އޭދަފުށީގައި ސީ ލައިސަންސް ކޯޗިން ކޯހެއް ފަށަނީ

DSCN1822.jpg

ބ.އަތޮޅު ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް )އާއި ގުޅިގެން  އޭއެފްސީ “ސީ “ލައިސަންސް ކޯޗިންގ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން އަތޮޅު ކައުންސިލުން މިއަދު ނެރެ އާއްމު ކޮށްފައިވާ އިއުލާނެއްގައި އިތުރަށް ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 4 އިން 16 އަށް ހިންގުމަށް ނިންމާފައިވާ މި ކޯހުގައި ފިރިހެނުންގެ އިތުރުން އަންހެނުންނަށް ވެސް ބައިވެރިވެވޭނެ ކަމުގައެވެ.

ކޯހުގެ ފީއަށް 1000 ރުފިޔާ އެފްއޭއެމް އަށް ދައްކަން ޖެހޭއިރު ކޯހުގައި ބައިވެރިވާ އޭދަފުށީ ނޫން މީހުން ވެސް ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށެވެ.

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށް ފަހު މިމަހުގެ 25 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން އަތޮޅު ކައުންސިލްގެ އިދާރާ އަށް ނުވަތަ ރަށްރަށުގެ ކައުންސިލްތަކަށް ހުށަހަޅަން ޖެހެއެވެ.

ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމް ބ.އަތޮޅު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top