މަސްތުވާ ތަކެއްޗާއެކު ދެ މީހުން ކެންދޫން އަތުލައިގެންފި

kendhoo.jpg

ފޮޓޯ : ޕޮލިސް ލައިފް

މަސްތުވާ ތަކެއްޗާކޮޅަށް ޕޮލިހުން ކުރާ މަސައްކަތުގެ ދަށުން ކެންދޫ ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަނެއްގައި ބ.ކެންދޫ އަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު ދެމީހުން އަތުލައިގެންފިއެވެ.

މަސްތުވާތަކެތި ހިފައިގެން ޑިންގީއެއްގައި ބ. ކެންދުއަށް އަންނަކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކެންދޫ ޕޮލިސް ޑެސްކާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޭޕްރީލް 10ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރު ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ޕޮލިހުން މައުލޫމާތު ދެއވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓު ފެނިފައިވެއެވެ

މިމައްސަލަ އޭދަަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top