ހުމުގެ ރޯގާ މިދުވަސްކޮޅު އިތުރު. ސަމާލުވޭ – ބ. އަތޮޅު ހޮސްޕިޓަލް

30222147_1012351408918834_937451233113800704_n.jpg

ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ އިވެންޓެއްގެ ތެރެއިން. މިދުވަސްވަރު ހުންރޯގާ އިތުރުވަމުން އަންނަކަމަށް އެހޮސްޕިޓަލުން ބުނޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅުގެ ރަށްރަށުގައި މިދުވަސްވަރު ހުމުގެ ރޯގާތައް ފެންނަ މިންވަރު އިތުރުވަމުން އަންނަކަމަށާ، އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮންމެ އަހަރަކުވެސް މިދުވަސްވަރަކީ ހުމުގެ ރޯގާތަކާއި، އަރިދަފުސް ރޯގާ އިތުރުވާ ދުވަސްވަރެއްކަން ކުރީ އަހަރުތަކުގެ ރެކޯޑްތަކުންވެސް ދައްކަމުން އަންނަކަމަށެވެ. އެހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ މިފަދަ ރޯގާތަކުން ސަލާމަތްވެތިބުމަށް އަބަދުވެސް އާއްމު ރައްޔިތުން ސަމާލުކަން ދެއްވަންޖެހޭނެކަަމަށާ، އަދި ޕަބްލިކް ހެލްތް ޔުނިޓުންވެސް އެކަންކަން ގާތުން ބަލަމުންދާނޭކަމަށެވެ.

“ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުން ނިމި ހުޅަނގު މުސުން ފެށޭ މިދުވަސްވަރަކީ ހުމުގެ ރޯގާތަކާ އަރިދަފުސް ރޯގާ ވަރަށް ހަލުވިކަމާއެކު ފެތުރޭ ދުވަސްވަރެއް. މިއަހަރުވެސް އެކަމުގެ އަސަރުތައް އެބަފެނޭ ހޮސްޕިޓަލްގެ ތަފާސްހިސާބުތަކުން. އެހެންވީމާ ވަރަށް ބޮޑަށް އާއްމުން ސަމާލުވާންޖެހޭ މިދުވަސްވަރު. އަނެއްކޮޅުން އަޅުގަނޑުމެން ޕަބްލިކް ހެލްތް ޔުނިޓުންވެސް އަތޮޅުތެރެ ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދަން އަބަދުވެސް” ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިދިޔަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަތޮޅުގެ ރަށްރަށުން ޑެންގީހުމުގެ ކޭސްތައްވެސް ފެންނަމުން އަންނަކަމަށާ، ނަމަވެސް ސީރިއަސް މައްސަލައެއް އަދި ރެކޯޑު ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، ޑެންގީހުމާމެދު އާންމުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށެވެ.

“މަދިރި އުފެދޭ ގޮތަށް ތަންތަނުގައި ފެންހަރުލާފައި ހުންނާތީ ޑެންގޫ ފެތުރުން އިތުރުވަނީ ހަގީގަތުގައި. ވިއްސާރަ މޫސުމުގައި މިކަން އިތުރުވާނެ އެތައްގުނައަކަށް. އެކަމަކު އާންމުން މިކަމަށް ފަރުވާތެރިވެއްޖެނަމަ ވަރަށް ބޮޑަށް މިކަމުން ސަލާމާތްވުމުގެ ފުރުސަތު އޮންނާނެ.

ވަހީދު ވިދާޅުވީ ހުމުގެ ރޯގާތައް އިތުރުވަމުން އަންނަ މިދުވަސްވަރު އާއްމުން އެއްވެ އުޅޭތަންތަނަށް ދިއުން މަދުކުރުމާއި، ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top