ދަރަވަންދޫ ކައުންސިލްގެ ”ޔޫތު ފުޓްސަލް 2018 ” ފަށައިފި

1st-Match-1.jpg

ދަރަވަންދޫ ކައުންސިލް ޔޫތް ފުޓްސެލް ޗެލެންޖް. ފޮޓޯ/ދަރަވަންދޫ ކައުންސިލް

ބ. ދަރަވަންދޫ ކައުންސިލްގެ ”ޔޫތު ފުޓްސަލް ޗެލެންޖް 2018” އިއްޔެ ފަށައިފިއެވެ.

ދަރަވަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި މި މުބާރާތުގައި އަވަށްޓެރި ދޮންފަން އާއި ކިހާ މޯލްޑިވްސް ރިސޯޓާއެކު ދެ ގުރޫޕުގައި ޖުމްލަ 8 ޓީމު ވާދަކުރެ އެވެ.

މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މިއަހަރުގެ މުބާރާތް ޝަރަފްވެރި ކޮށްދެއްވީ  ދަރަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ މާޖިދު އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އޭ ގެ ކިހާ މޯލްޑިވްސް އާއި ކަންމަތި ސްޕޯޓްސް އެވެ. މިމެޗް 1-2 ން ކާމިޔާބުކުރީ ކިހާ މޯލްޑިވްސްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިހާ މޯލްޑިވްސްގެ އަބްދުލް އަޒީޒް މޫސާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ދޮންފަނާ ނިއު ސްޕީޑް މެޗް 6-3 ން ކާމިޔާބުކުރީ ދޮންފަނެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ދެމެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެފްސީ އެކުވެރިންނާއި އެންމެ ފަހުގެ ޗެންޕިއަން ފްރެންޑްސް ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ކިންގްސް ޔުނައިޓެޑާއި ޗަނބޭލީ އެފްސީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top