ރޯވެގެން އަޑިއަށް ދިޔަ ބޯޓުން ކަނޑަށް ތެޔޮ އެޅެން ފަށައިފި

162694_3_0bd9d78f79a3fbf9116c100ffeff5da4aab2a871_medium.jpg

ކެންދޫ ބޭރަށް އަޑިއަށް ދިޔަ ބޯޓުން ކަނޑައެޅިފައިވާ ތެޔޮ. ފޮޓޯ: އެމްއެންޑީއެފް

އިއްޔެ ބ. ކެންދޫއަށް ތެޔޮ ބަރުކޮށްގެން ދިޔަ ބޯޓުގައި ރޯވެ އެހެން އުލަނދުތަކަށް އެކަމުން ގެއްލުމެއް ލިބިދާނެތީވެ ފަޅުތެރެއިން ނެރެފައި އޮއްވާ އަޑިއަށް ދިޔަ “ގަލްފް” ތެޔޮ ބޯޓުން ތެޔޮ ލީކުވާން ފަށައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް ) އިން ބުނެފިއެވެ.

އެންއެންޑީއެފް އިން މިއަދު ބުނީ އެބޯޓު މިހާރު އޮތީ 20 މީޓަރު އަޑީގައި ކަމަށާއި އެ ބޯޓުން ތެޔޮ ލީކުވުމާއި ގުޅިގެން އެސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓު ގާޑުން ހަރަކާތެރިކަމުންދާ ކަމަށެވެ. އަދި އެމައްސަލަށް ހައްލެއް ހޯދޭނެ ގޮތް ބަލައި ލީކުވުން ހުއްޓުވުމަށް ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަށް އިތުރަށް ވަގުތު ނަގަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ

“މޫސުން ގޯސްވުމާ އެކު ޑައިވަރުންގެ މަސައްކަތަށް ވަގުތު ނަގަނީ. އަދި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދަނީ،” އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް މިއަދު ވިދާޅުވި އެވެ.

އަލިފާން ރޯވި އިރު އެ ބޯޓުގައި ހުރީ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލެވެ އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ ރޯވުމުގެ ކުރިން ފީފާތަކަށް އެޅި 1400 ލީޓަރުގެ ޑީސަލް އެކަންޏެވެ. އެހެން ކަމުން ބޯޓް އަޑިއަށް ދިޔައީ، 28.200 ލީޓަރުގެ ތެލާ އެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top