އަމިއްލަފުއްޓާ ޑުސިޓް މެޗް އެއްވަރުވުމުން ޑުސިޓް ސެމީއަށް

DSCN8564.jpg

އަމިއްލަފުއްޓާ ޑުސިޓް ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް ނިމުނީ 1-1ން އެއްވަރުވެގެން / ފޮޓޯ: އޭދަފުށި ވޮއިސް

އިންޓަރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗް ދަ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށި) އާއި ޑުސިޓް 1-1 ން އެއްވަރުވުމާއެކު، ޑުސިޓް ސެމީއަށް ހިނގައްޖެއެވެ.

މިއަދުގެ މެޗް ފެށިގެން ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ އަމިއްލަފުށީ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ 36 ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގާދިނީ ޖާޒީނަމްބަރ 21 ސަނީމް ހަލީލްއެވެ.

ނަމަވެސް އެއްޕޮއިންޓް ލިބިގެން މިއަދު ސެމީގެ ޖާގަ ކަށަވަރުވާން އޮތް ޑުސިޓް ފަހުހާފުގައި ގޭމް ޕްލޭން ބަދަލުކޮށް ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 55 ވަނަ މިނެޓްގައި ޖޯޒީނަމްބަރ 23 އިޝާން އިބްރާހީމް (ސައްޓު) ވަނީ ޑުސިޓަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗް ހަމަހަމަކޮށްދީފައެވެ. މިއީ ސައްޓު މިމުބާރާތުގައި ދެމެޗުން ޑުސިޓަށް ކާމިޔާބުކޮށްދިން 3 ވަނަ ގޯލެވެ. މެޗްގެ ފަހުކޮޅު ދެޓީމުންވެސް އިތުރު ލަނޑެއްޖަހަން ކުރި މަސައްކަތް ބޭކާރުވީ ދެޓީމްގެ ކީޕަރުގެ ހުޝިޔާރުކަމުންނެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑުސިޓް ޓީމްގެ މެދުތެރެއިން މޮޅު ކުޅުމެއްދެއްކި އޭދަފުށީ ފުޓްބޯޅަ ޓީމްގެވެސް އެއްނަމްބަރ މިޑްފީލްޑަރ އަހްމަދު ލަތީފް (ކުޑަލައްޗޭ) އެވެ.

މިއަދުގެ މެޗްގެ މޭންއޮފަދަމެޗް ޓްރޮފީ ކުޑަލައްޗޭ ހަވާލުވަނީ. ފޮޓޯ: މުހައްމަދު ޒާހިދު (ބައްޓޭ)

މިގްރޫޕްގެ އެއްވަނާގައި 4 ޕޮއިންޓާއެކު ޑުސިޓް ސެމީގެ ޖާގަ ކަށަވަރު ކުރިއިރު، ކުރިއަށް އޮތް މެޗްގައި ކިހާދޫ މޯލްޑިވްސް އަތުން ޑްރޯއެއް ހޯދައިގެންވެސް އަމިއްލަފުއްޓަށް ސެމީއަށްދެވޭނެއެވެ. ކިހާދޫއަށް ސެމީން ޖާގަލިބޭނީ އަމިއްލަފުށި ބަލިކޮށްގެންނެވެ.

މިމުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން 6 ޕޮއިންޓާއެކު ސެމީފައިނަލްގެ ޖާގައެއް ހޯދާފައިވާ ސޮނެވާއާއި، އަނަންތަރާއެވެ. މިމެޗުން އަނަންތަރާ މޮޅުވެއްޖެނަމަ އެޓީމަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top