އޭދަފުށި އަންހެނުން ކޮމިޓީގެ ހޭންޑްބޯލް މުބާރާތް ފެށުން މާދަމާރޭ

601645fd-ce6b-444f-9189-e8a9655247a9-scaled-1.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބާއްވާ”ގުރަހަ ހޭންޑް ބޯލް މުބާރާތް“ މާދަމާ ރޭ 8:30 ގައި ފަށަން ތައްޔާރުވެފައިވާ ކަމަށް އެކޮމެޓީން ބުނެފި އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމޖެހިފައިވަނީ އޭދަފުށީ 1ނަންބަރު ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގައި ހަތަރު ޓީމް ބައިވެރިވެފައިވާ އިރު ބައެއް ޓީމްގައި ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފެންވަރުގެ މަޝްހޫރު މޮޅު ކުޅުންތެރިން ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން މި މުބާރާތް ވެގެން ދާނީ ފޯރިގަފަ ވާދަވެރި މުބާރާތެއްގެ ގޮތުގައި ކަމަށް އަންހެނުން ކޮމެޓީން އުއްމީދުކުރައްވަ އެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކަކީ، ޓީމް ކެޕިޓަލް ސްޕޯޓްސް، ޓީމް ފެމެލި ގާޑިޔާ، ޓީމް ކަމަނަ އަދި ޓީމް ފްރެންޑްސް އެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް މޮޅުވާ ދެޓީމް ފައިނަލުގައި ވާދަކުރާ ގޮތަށް ކަމަށް ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމް މައުލޫމާތު ދެއްވައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 30ވަނަ ދުވަހުގެ ރެއެވެ.

ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އިނާމު ކަނޑައަޅާފައިވާ އިރު ޗެމްމެޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 20000ރުފިޔާ އެވެ. ރަނައަޕް ޓީމަށް 15000 ރުފިޔާ އެވެ.

މި މުބާރާތަކީ ކާމިޔާބު ފުރިހަމަ މުބާރާތަކަށް ހެދުމުގެ ގޮތުން މުބާރާތް ރާވައި ހިންގަން ހަވާލު ކޮށްފައިވަނީ އޭދަފުށީ ކްލަބް ކޮމްބިނޭޝަން (ސީސީ ) އާއި އާއެވެ. އެހެންކަމުން އެކޮމެޓިގެ ފަރާތުން ސީސީއަށް ޝުކުރު އަދާކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top