ދޮށީ އުމުރުގެ މީހުންނަށް ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ

އ.jpg

އުމުރުން ދޮށީ މީހުންނަށް މީގެ ކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ ކަމަށާއި އެމީހުންނަށް ޚާއްސަ ލައިސަންސެއް ދޫކުރަނީ ރަށްރަށުގައި ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އަދި މީގެކުރިން ދޫކޮށްފަވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާއްމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރުވެފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މި ޚާއްސަ ލައިސަންސް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ ދޮށީ އުމުރުގެ މީހުންނަށް އާއްމު އުސޫލުން ލައިސަންސާ ގުޅޭ އިމްތިހާނުތައް ފުރިހަމަކުރުމާ ނުލައި، ފަސޭހައިން ވަކި ބާވަތްތަކެއްގެ ވެހިކަލްތައް ދުއްވުމުގެ ލައިސަންސް ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވަން ބޭނުންވާ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ރާއްޖެތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމަކީ މި ލައިސަންސްގެ މަގުސަދު ކަމަށްވެސް ހާމަކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top