މުސްތަފާ ގެންދިއުމަށް ގިނަރަށްރަށުން އެދެމުން އެބަދޭ – މުސްތަފާ ބައްޕަ

DSCN5914-800x600-800x600-1.jpg

މުސްތަފާ އޭނާގެ ބައްޕައާއެކު، އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / ފޮޓޯ: އޭދަފުށީ ވޮއިސް

މިއަހަރުގެ ރަމަޟާންމަހު އޭދަފުށި މަސްޖިދު ސުލްތާން މުހައްމަދު މުޢީނުއްދީން މިސްކިތުގައި ތަރާވީހް ނަމާދު ކުރަމުންދާ އުމުރުން 11 އަހަރުގެ ހާފިޒު މުހައްމަދު މުސްތަފާ ގެންދިއުމަށް ބ. އަތޮޅާ، ރ. އަތޮޅުގެ ގިނަރަށްރަށުން އެދެމުން އަންނަ ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

މުސްތަފާގެ ބައްޕަ މުހައްމަދު ނަޝީދު ބުނީ މިހާތަނަށް އެދުނު ރަށްރަށުގެ ތެރެއިން 2 ރަށަކަށް ތަރާވީހް ނަމާދު ކުރުމަށް ދެވިއްޖެކަމަށާ، އިތުރު ދެތިން ރަށަކުން މިހާރުވެސް އެދެމުން އަންނަ ކަމަށެވެ. އޭނާ ބުނީ ރަށްރަށުން އެދެމުން އައި ނަމަވެސް އޭދަފުށި ކައުންސިލުން ހުއްދަ ނުލިބެނީސް އެއްވެސް ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށާ، އެކަން ހަމަޖެއްސުމަށް ކައުންސިލާ މަޝްވަރާ ކުރުމަށް އަންގަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން ރ މަޑުއްވަރިއާ، ބ. މާޅޮހަށް ކުރި ދަތުރުގައިވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. މިހާރުވެސް ދެތިން ރަށަކުން އެބަ އެދޭ. ރ އަތޮޅުންވެސް އެދޭ. އެކަމަކު މުސްތަފާ ތަރާވީހް ކުރުމަށް އައީ އޭދަފުށި މިސްކިތައް. ދެން ރަށްރަށަށް ދެވޭނީ ކައުންސިލުން ހުއްދަ ލިބިގެން. އެގޮތަށް އަޅުގަނޑު އަންގާފައި އޮންނާނީ” ނަޝީދު ބުންޏެވެ.

ނަޝީދު ބުނީ މުސްތަފާގެ މަސައްކަތް ފާހަގަކޮށް އޭދަފުށީގެ ގިނަ ބައެއްްގެ ތައުރީފް އަބަދުވެސް ލިބެމުންދާކަމަށާ، އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ހުއްދަ ލިބިއްޖެނަމަ އަންނަ އަހަރުވެސް ތަރާވީހް ނަމާދު ކުރުމަށް އޭދަފުއްޓަށް މުސްތަފާ ގެންނަން ވިސްނާކަމަށް އޭނާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top