ބޯކޮށް ވާރޭވެހޭނެ. ބާރަށް ގުގުރާނެ: މެޓް

IMG_20220514_120657066.jpg

މޫސުން ގޯސް ދުވަހެއް

ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެކަމަށް ލަފާކޮށް  މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.

މިރޭ 6:45 އިން ފެށިގެން މިރޭ 11:45 އާއި ހަމައަށްވައިޓްއެލާޓް ނެރެފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންބުނެއެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވެއެވެ.

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭއިރު ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top