ކެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު ގެންގޮސްފި

FhHM6qAaEAAPCZE.jpg

ބ. ކެންދޫގެ  ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި އެވެ.

މި މަސައްކަތް ކުރަމުން ގެންދަނީ އެމްޑަބްލިޔު އެސް އީ އިންނެވެ

އެކުންފުނިން ބުނީ މި މަސައްކަތަށް ބޭނުންވާ ނެޓްވޯކް ޕައިޕްތައް އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މޭމަހުއެވެ.

މި މަސްރޫއުގެ ދަށުން ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިން އުފައްދާ ފެން ރައްކާކުރުމަށް 3 ތާންގީ ބަހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ގާއިމް ކުރާނެއެވެ.

ކެންދޫ ފެނާ ނަރުދަމާގެ މަސްރޫއުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީ އިން  އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 56.24 މިލިއަން ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top