މަދިރި އާލާވާތަންތަން ނައްތާލުމުގެ ޕްރޮގްރާމްގައި އޭދަފުށީގެ ހުރިހާ އޮފީހެއްވެސް ބައިވެރިވާނެ- ބ. އަތޮޅު ހޮސްޕިޓަލް

eyd-clean2.jpg

އޭދަފުށި ސާފުކުރުމުގެ މަސައްކަތުގައި.

މުޅި ރާއްޖޭގައި މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަދިރި އާލާވާތަންތަން ނައްތާލުމުގެ ޕްރޮގްރާމްގައި ބ.އަތޮޅުހޮސްޕިޓަލާއެކު އޭދަފުށީގައި ހުންނަ ސަރުކާރުގެ ހުރިހާ މުވައްސަސާއެއްވެސް ބައިވެރިވާނެކަމުގައި ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާ ބެހޭ ގޮތުން ބ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ވާހަކަ ދައްކަވަމުން އެހޮސްޕިޓަލުގެ ސީނިއަރ ބޭފުޅަކު ވިދާޅުވީމާދަމާ ހެނދުނުންފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް މަދިރި އާލާވަތަންތަން ހުރިތޯ ބަލައި އެފަދަ ތަކެތި ނައްތާލުމަށް ބާރުއެޅުމާއެކު އާއްމުންނަށް މަދިރިއާބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ގޮތުން މައުލޫމާތުދިނުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދާނެކަމުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސްނެންގެވުމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުންވެސް ބައިވެރިވާނެ ކަމުގައި އެޗްޕީއޭއިން ވިދާޅު ވެއެވެ.

އެޗްޕީއޭއިން ވެސް ބުނީ މިގޮތުން ޕްރޮގްރާމް ކުރިއަށް ދާއިރު މަދިރިފަނި އާލާވާފަދަ ތަންތަން ހުރިތޯ ބައްލަވައި، އެފަދަ ތަންތަން ނައްތާލާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށާއި، މީގެތެރޭގައި ވާރޭފެން ތާނގީ، ވަޅު، ވައިގޮޅި، ދިޔަ ދޮވި ފަދަ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރިތޯ ބަލައި، ގެއާއި ގޯތިތެރޭގައި ފެންހަރުލާ ދަޅު، ފުޅި ފަދަ ތަކެތި ހުރިތޯވެސް ބަލާނެކަމުގައެވެ.

މިކަމަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށްވެސް އެޗްޕީއިން އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top